މަރްޔަމް ޝަހީރާ
އ.ތ.މ ކޮމެޓީގެ ރައީސާ
ރ.މަޑުއްވަރީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 5 ވަނަ ދައުރުގެ ރައީސަކީ، ރ.މަޑުއްވަރީ ރޯޝަނީހިޔާ މަރްޔަމް ޝަހީރާއެވެ. ކޮމެޓީގެ ރައީސްގެ މަޤާމަށް އައުމާއި ހަމައަށްވެސް މަރްޔަމް ޝަހީރާއަކީ ރަށުގެ އިޖުތިމާޢީ ކަންކަމަށް ލޯބިކުރާ، އެކަންކަމުގައި ޙަރަކާތްތެރި، ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ބަދަހިކަން އާލާކުރުމަށް މަސައްކަތްކުރާ ކަނބަލެއްގެ އިތުރުން އެމް.ޑީ.ޕީ މަޑުއްވަރީ ގޮފީގައިވެސް ޙަރަކާތްެތެރިވަމުން އަންނަ ހީވާގި ކަނބަލެކެވެ. ރަށުގެ އަންހެން ކަނބަލުން ބާރުވެރިކޮށް، ލިބޭ އާމްދަނީ އިތުރުކޮށް، އުފެއްދުންތެރި، ހީވާގި އަދި މުޖުތަމަޢުއަށް ބޭނުންތެރި ކަނބަލުންތަކެއް އުފެދިގެން ދިއުމަކީ އުންމީދެއްކަމުގައި ދެކިގެން ކުރިއަށްދިއުމުގެ އަޒުމުގައި ހުރި ހުށިޔާރު ކަނބަލެކެވެ.